އައްސޭރި ޖަލާއި މާފުށީ ޖަލުން ކޯވިޑް ކޭސްތަކެއް، ރެންޑަން ސާމްޕަލް ނަގަން ފަށައިފި

މާފުށި ޖަލާއި ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ކޯވިޑް ކޭސްތަކެއް ފެނިއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ދެ ޖަލުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ދެ އޮފިސަރުންނެވެ. ކަރެކްޝަންސ...

22 Apr 2021 | 06:17

މާފުށި ޖަލާއި ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ކޯވިޑް ކޭސްތަކެއް ފެނިއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ދެ ޖަލުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ދެ އޮފިސަރުންނެވެ.

ކަރެކްޝަންސްއިން ބުނީ އެ ދެ އޮފިސަރުން ޕޮސިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ދެ ޖަލުގައި ރެންޑަމް ސާމްޕަކް ނެގުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކަރެކްޝަންސް އިން މީޑިއާގައި ބުނެފައިވަނީ ދެ ޖަލުގެ ހުރިހާ ގައިދީންނާއި ޕްރިޒަން އޮފިސަރުންގެ ސާމްލަން ނަގައި ޓެސްޓު ކުރާނެ އެވެ.

https://twitter.com/CorrectionsMv/status/1384926238804955150

މީގެ ކުރިން މާލޭ ޖަލާއި ހުޅުމާލޭ ޖަލުންވެސް ކޯވިޑް ކޭސްތަކެއް ފެވިފައިވެ އެވެ.

އިއްޔެ ދޫނިދޫނިދޫއިންވެސް އިއްޔެ ވަނީ ކޯވިޑް ކޭސްތަކެއް ފެނިފަ އެވެ. އެޗްޕީއޭއިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކުށްވެރިން ބަލަހައްޓާ އެ ރަށުން މިހާތަނަށް13 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.

އެކަމަކު އެއީ ފުލުހުން ކަމެއް ނުވަތަ ޖަލު ބަންދުގައި ތިބި މީހުން ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް