މިއީ ނުފޫޒުގެ ބާރުގައި ތަރިން ޗުއްޓީއަށް ދިވެހިރާއްޖެއަށް ދާންވީ ވަގުތެއް ނޫން: ޝްރުއްތީ ހަސަން

ކޮވިޑުގެ ހާލަތު މިވަގުތު އެންމެ ގޯސް އެއް ގައުމަކީ އިންޑިއާ ކަމުގައިވާއިރު އަދި އިންޑިއާގެ ބޮލީވުޑްގެ މައި ސަހަރު މުމްބައިގައި ކޮވިޑުގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާއިރު މިއީ ނުފޫޒުގެ ބާރުގައި ތަރިން...

22 Apr 2021 | 05:40

ކޮވިޑުގެ ހާލަތު މިވަގުތު އެންމެ ގޯސް އެއް ގައުމަކީ އިންޑިއާ ކަމުގައިވާއިރު އަދި އިންޑިއާގެ ބޮލީވުޑްގެ މައި ސަހަރު މުމްބައިގައި ކޮވިޑުގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާއިރު މިއީ ނުފޫޒުގެ ބާރުގައި ތަރިން ޗުއްޓީ ހަދަން ދާންވީ ވަގުތު ނޫން ކަމުގައި ޝްރުއްތީ ހަސަން ބުނެފިއެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު މިހާ ގޯސްވެފައިވާއިރު އިންޑިއާގެ ގިނަ ބަޔަކު ގެ ތަކުގައި ތާށިވެފައި ތިބޭއިރު ތަރިން ފުރަ ފުރައިގެން ޗުއްޓީއަށް ދާތީ އެކަމާ ތަރިންނަށް ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

މި ބަހުސަށް ސީދާ ބަހެއް ބުނި ފުރަތަމަ ތަރިއަކީ ޝްރުއްތީ ހަސަނެވެ. އޭނާ ބުނެފައިވަނީ މިއީ ނުފޫޒު ދައްކަންވީ ވަގުތު ނޫން ކަމަށެވެ. މާސްކު ނާޅާ ޕޫލަށް އެރެންވީ ވަގުތު ނޫން ކަމަށެވެ.

ކޮވިޑުގެ ފުރަބަންދަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ޗުއްޓީ ހޭދަކުރަމުން ގެންދެއެވެ. ބައެއް ތަރިން ތިން ހަތަރު ފަހަރުވެސް ރާއްޖެ އެބަ އާދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް