ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއްގަ ވަނަވަރު އާންމުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ. މިގޮތުން ވަނަވަރު ހާމަކޮށް ހޯދަން އިއުލާނު ކޮށްފައިވަނީ ބަނގުލަދޭޝް ރައްޔިތެއް ކަމުގައިވާ، އުމުރުން 3...

22 Apr 2021 | 05:23

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

މިގޮތުން ވަނަވަރު ހާމަކޮށް ހޯދަން އިއުލާނު ކޮށްފައިވަނީ ބަނގުލަދޭޝް ރައްޔިތެއް ކަމުގައިވާ، އުމުރުން 34 އަހަރުގެ، އެމް.ޑީ އިދްރީސް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނެފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށެވެ.

ފުލުހުން ބުނެފައިވާގޮތިގައި މީނާ ހާޒިރުވާންޖެހޭ ތަނަކީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށެވެ. ގަޑިއަކީ 2021 އޭޕްރީލް 29 ވަނަ ދުވަހުގެ 10:00 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް