އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގެ މުމްބާއީގައި މީގެ ދެ ދުވަސް ކުރިން ހިނގި ހާދިސާއެކެވެ.
އަދިވެސް އިންޑިއާ މީޑިއާ އައި ބައިނަލް އަގުވާމީ މީޑިއާގައި އެ ވާހަކަދެއްކުން ނުހުއްޓެވެ. އާންމުވެފައިވަނީ މުމްބާއީގެ ރެއިލް ސްޓޭޝަނެއްގެ ސީސީޓީވީ ފުޓޭޖެވެ.
އެ ވީޑިއޯއިން ފެންނަނީ ދެމައިން ރެއިލް ދަގަނޑުތައް ކައިރިން ހިނގާފައި ދާތަނެވެ. އެ ކުއްޖާ ހުރީ ރެއިލް ދަގަނޑުތަކާއި ވީފަޅީގައި އެވެ.
އުމުރުން ގާތްގަނޑަކަށް ހަ ވަރަކަށް އަހަރުގެ އެ ކުއްޖާގެ ސިޔާސަކަމުން ހިނގާފައި ދިޔަ އިރު ފުންމާ އެކި ގޮތްގޮތަށް ހިނގާތަން ފެނެ އެވެ. ދެން ފެންނަންނީ ކުއްލިއަކަށް އެ ކުއްޖާ ރޭލު ދަގަނޑުތައް މައްޗަށް ވެއްޓޭތަނެވެ.
ކުއްޖާގެ މަންމަ ވަގުތުން އެތަނުން ދުރައް ގޮސް އަތް ދިއްކޮށްގެން އޮވެ އެހީއަށް އެދި ހަޅޭއްލަވައެވެ. އެކަމަކު އޭނާ އޮތީ އޭނާގެ އަމިއްލަ ސަލާމަތަށް ކުއްޖާ ގައިގަ އަތް ލެވޭ ހިސާބަށް ވުރެ މާ ދުރުގައި އެވެ. ނޭވާ ހިފަހައްޓާލަން ޖެހުނީ އެ ކުއްޖާ ރެއިލް ދަނޑިމަތިން ނޭރިގެން ރޮމުން ދިޔައިރު ދަތުރު ކުރަމުންދިޔަ ރެއިލެއް އައިސް އެކުއްޖާއާއި އަރާ ހަމަކުރާތަން ފެނުމުންނެވެ.
ކުއްޖާ ސަލާމަތް ކުރީ ރެއިލް ސްޓޭޝަނުގައި މަސައްކަތް ކުރަން އުޅުނު މަޔޫރް ޝެލްހޭ ކިޔާ މީހެކެވެ. އޭނާ ވަނީ އެ އަންހެން މީހާ ހަޅޭ ލަވަން ފެށުމުން ބިރުކަނޑާލައި ރެއިލް ދަނޑިމައްޗަށް ފުއްމާލުމަށް ފަހު ދުވެފަ ގޮސް ކުއްޖާ މައްޗަށް ކޮއްޕާލާފައި އެވެ.
ކުއްޖާ ސަލާމާތް ކުރުމަށް ފަހު އޭނާއަށް ރެއިލް ދަނޑިމަތިން ފުންމާލައިގެން ރެއިލް އެހިސާބާއި އަރާ ހަމަވާން ވީއިރު ސަލާމަތް ވެވުނީ ހަމަ ކިރިޔާއެވެ. މި ވީޑިއޯ އާއި އެކު ގިނަ ބައެއްގެ ތައުރީފު މަޔޫރްއަށް ދަނީ ލިބެމުންނެވެ. އަދި މުމްބާއީ ސަރުކާރުން ވެސް ވަނީ އޭނާގެ ހިތްވަރަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފަ އެވެ.
https://www.youtube.com/watch?v=z0wEhgUp7yc
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް