ފުލުހުންގެ ބެލުމުގައި ދަށުގައި ތިބީ ކުށްވެރިން ބަލަހައްޓާ ދޫނިދޫއިން ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ރޭ ބުނީ ދޫނިދޫއިން މިހާތަނަށް 13 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.
ދޫނިދޫން ކޯވިޑް-19 އަށް ޕޮސިޓިވްވެފައި ވަނީ ބަންދުގައި ތިބި މީހުން ކަމެއް ނުވަތަ ފުލުހުން ކަމެއް އެޗްޕީއޭއިން އަދި ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
ދޫނިދޫގައި ކޯވިޑް ކޭސްތަކެއް އުޅޭކަމުގެ މައުލޫމާތު އެންމެ ފުރަތަމަ އާންމު ކުރީ ބާ ކައުންސިލުންނެވެ. އެ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދޫނިދޫއިން ކޯވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާތީ ޖަލު ބަންދުގައި ތިބި މީހުންގެ ވަކީލުން އެމީހުންނާއި ބައްދަލު ކުރުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
https://twitter.com/MvBarCouncil/status/1384803007938764800
ދޫނިދޫއިން ކޭސްތަކެއް ފެނުނު ނަމަވެސް އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެ އެވެ.
މިދިޔަ މަހުވެސް އެ ރަށުން ކޯވިޑް ކޭސްތަކެއް ފެނިފަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް