60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދެނީ

އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފައިޒާ ވެކްސިން ރާއްޖޭގައި ޖަހައިދޭން ފަށާފައިވަނީ މިމަހުގެ 11 ވ...

22 Apr 2021 | 04:03

އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފައިޒާ ވެކްސިން ރާއްޖޭގައި ޖަހައިދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މީގެ ކުރިން އެ ވެކްސިން ޖަހައިދެމުން ދިޔައީ އުމުރުން 16 އަހަރުން މަތީގެ ކުދިންނާއި މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

އެޗްޕީއޭއިން ބުނީ އެ ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ ހުރިހާ އެންމެންނަށް ހުޅުވާލާފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ ފައިޒާ ވެކްސިންގެ ލިބިފައިވާ ސްޓޮކަށް ބަލައި ގިނަ ބަޔަކު ރެޖިސްޓްރީ ކުރިނަމަވެސް ވެކްސިން ޖަހައިދެމުން ދާނީ ރެޖިސްޓްރީ ކުރާ ތަރުތީބުން ދެ ޑޯޒު ދެވޭވަރަށް ބަލައިގެން ކަަމަށެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ ރާއްޖޭގައި ދޭނީ މާލެ ސަރަހައްދުގައި އެކަނިކަމަށެވެ.

މި ވެކްސިން ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ.

މީގެ ކުރިން އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާން އެޗްޕީއޭއިން އަންގާ ގަޑިއަށް ދިއުމަށް އިލްތިމާސް ކޮސްފައެވެ. އެހެން ނޫންމަަ ވެކްސިން ފުޅި އުކާލަން ޖެހުމުގެ މައްސަލަތައް ދިމާވަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް