އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހައިޑްރޮކްސިކްލޮރޮކުއިން(މެލޭރިޔާ ބޭސް)ގެ ފަންސާސް ހާސް ޔުނިޓް، ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި ކޯވިޑް-19 އާއި އެނޫންވެސް ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރެވޭ މި ބޭސް ރާއްޖެއަށް ގެނެސްފައިވަނީ މިރޭ އިންޑިއާގެ ޗެންނާއީ އިން އައި ޤައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.
އިންޑިއާގައި ކޮންޓްރޯލްކޮށްފައިވާ މިބޭސް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މިފަދަ ދަނޑިވަޅެއްގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް މިފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ނަމުގައި ޚާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް