މޫސުން ގޯސްވެ 11 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ11 އަތޮޅަކަށް މޫސުމާއި ބޭހެ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފި އެވެ. ޔެލޯ އެލާޓު ނެރެފައިވަނީ މެދު ރާއްޖެ ތެރޭގެ އަތޮޅުތައް ކަމަށްވާ ޅ. އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށެވ...

22 Apr 2020 | 18:14

މޫސުން ގޯސްވެ11 އަތޮޅަކަށް މޫސުމާއި ބޭހެ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފި އެވެ.

ޔެލޯ އެލާޓު ނެރެފައިވަނީ މެދު ރާއްޖެ ތެރޭގެ އަތޮޅުތައް ކަމަށްވާ ޅ. އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ މިރޭ11:00 ން މެންދަމު2:00 އަށެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

މި ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. ކަނޑުގަދަވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ.

ވައިޖެހޭނެ ކަމަށް ލަފާ ކުރަނީ އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

https://twitter.com/MetMaldives/status/1253020586269384706

މޫސުން ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަކަމުން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ކަނޑު ދަތުރައް ފެށުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް