ޑެލިވަރީ ވޭނެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ތަކެތި ޑެލިވެރީ ކުރަން މަގުމަތީގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ކޮށްފައިވަނީ މިއަ...

22 Apr 2020 | 18:00

ތަކެތި ޑެލިވެރީ ކުރަން މަގުމަތީގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު4:47 ހާއިރު އެވެ. އެކްސިޑެންޓު ހިނގާފައިވަނީ ޗާނދަނީ މަގު ގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އެކްސިޑެންޓު ހިނގި އިރު ވޭން ދުއްވަން އިނީ18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަތުގައި އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް