ޒަރޫރީ ހިދުމަތްތަކަށް އަންނަ ހަފްތާގައި ބޭންކުތައް ހުޅުވަނީ ހޯމަ އަދި ބުދަ ދުވަހު

ޒަރޫރީ ހިދުމަތްތައް ދިނުމަށް މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ އަދި ބޭންކްތައް އަންނަ ހަފްތާގައި ހުޅުވާނީ ހޯމަ އަދި ބުދަ ދުވަހު ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. އެމްއެމްއޭއިން ބުނެފައިވަނީ ޒަރޫރީ ހިދުމަތްތ...

22 Apr 2020 | 14:56

ޒަރޫރީ ހިދުމަތްތައް ދިނުމަށް މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ އަދި ބޭންކްތައް އަންނަ ހަފްތާގައި ހުޅުވާނީ ހޯމަ އަދި ބުދަ ދުވަހު ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ބުނެފައިވަނީ ޒަރޫރީ ހިދުމަތްތަކަށް އެ ދެ ދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ކަމަށެވެ.

އެ ދެ ދުވަހު ޒަރޫރީ ހިދުމަތްތަކަށް އެމްއެމްއޭ ހުޅުވިނަމަވެސް އާންމުންނަށް އެ ބޭންކުން ހިދުމަތް ނުދޭނެ ކަމަށް ބުނެފައިވެއެވެ. އަދި ބޭންކްތަކުން ދޭނެ ހިދުމަތްތައް އެ ބޭންކްތަކުން ހޯއްދެވުމަށްވެސް އެމްއެމްއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް