ކޮންޓްރޯލް ކުރެވުނު އަގަށްވުރެ ބޮޑުކޮށް ވިއްކާކަމުގެ ޝަކުވާ ލިބޭ، ފިޔަވަޅު އަޅާނަން: މިނިސްޓްރީ

ބައެއް މުދަލުގެ އަގު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮންޓްރޯލްކޮށްފައިވާއިރުވެސް ކޮންޓްރޯލް ކުރެވުނު އަގަށްވުރެ ބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި ފިޔަވަޅު އަޅާނެކަން ތަކުރާރުކޮށ...

22 Apr 2020 | 14:24

ބައެއް މުދަލުގެ އަގު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮންޓްރޯލްކޮށްފައިވާއިރުވެސް ކޮންޓްރޯލް ކުރެވުނު އަގަށްވުރެ ބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި ފިޔަވަޅު އަޅާނެކަން ތަކުރާރުކޮށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ޤާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލުކުރެވުނު އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވާކަމަށެވެ.

މިގޮތުން، އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް މިމިނިސްޓްރީއަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ  ކަމަށާއި އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި މިއަދު ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް