ކަރަންޓީންގައި ހުރި މީހަކު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

ރާއްޖެއިން ބޭރުން ގެނެސް ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކު ނިޔާވެއްޖެ އެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެމީހާ ނިޔާވީ ބަލިވެގެން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން ދަނި...

22 Apr 2020 | 11:33

ރާއްޖެއިން ބޭރުން ގެނެސް ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެމީހާ ނިޔާވީ ބަލިވެގެން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެއީ އިންޑިއާއިން ގެނައި މީހެކެވެ.

އެމީހާ އައިޖީއެމްއެޗަށް ބަދަލުކޮށް ކޯވިޑް-19 އަށް ޓެސްޓު ކުރި ކަމަށް މުރާދު ވިދާޅުވި އެވެ. އެކަމަކު ނަތީޖާ ނެގެޓިވް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އެމީހާ ނިޔާވުމާއި ހަމައަށްވެސް ބަލީގެ އަލާމާތެއް ފެނޭތޯ ބެލި ކަމަށެވެ. އެމީހާ އަކީ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

އިންޑިއާގައި އާސަންދައިގެ ދަށުން ފަރުވާ ހޯދަމުން ދިޔަ ގިނަ ބަޔަކު ލޮންޑައުނާ ގުޅިގެން ތާށިވެފައި ތިއްބަ ސަރުކާރުން ވަނީ ގެނެސްފައި އެވެ. އެމީހުންގެ ބަލި ހާލަތު ގޯސް ނަމަވެސް އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެ އެންމެން ތިބީ ކަރަންޓީން ފެސިލިޓީތަކުގައި ރިސޯޓުތަކުގައި އެވެ.

އެމީހުންނަށް ފަރުވާ ދެމުން ދިޔައީ ހާއްސަ އިސްކަމެއް ދީގެން ކަމަށް ސަރުކާރުން ބުނެ އެވެ.

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ80 އަހަރުގެ މީހާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް