ދިރާގު ރޯޑު ރޭސް އަންނަ އަހަރަށް ފަސްކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް މޯލްޑިވްސް ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި އެވެ. ދިރާގުން ބުނީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭސްގެ14 ވަނަ ދުވުން އަންނަ އަހަ...

22 Apr 2020 | 10:32

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް މޯލްޑިވްސް ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ދިރާގުން ބުނީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭސްގެ14 ވަނަ ދުވުން އަންނަ އަހަރަށް ފަސް ކުރީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިޖްތިމާއީ ގައިދުރުކަމަށް ބާރު އެޅުމަށް ކަމަށެވެ. އެ ކުންފުނިން ބުނީ ކޯވިޑް-19 ގެ ބިރުވެރިކަމުން ރައްކާތެރިވުމަށް މިއަހަރު އެ ކުންފުނިން ގިނަ މީހުން އެއްވާން ޖެހޭ އެއްވެސް ހަރަކާތެއް ނުބާއްވާނެ ކަމަށެވެ.

ދިރާގުން ބުނީ އެ ދުވުން މިއަހަރު ނުބާއްވާ ގޮތަށް ނިންމަން ޖެހުމަކީ ލިބުނު ހިތާމައެއް ކަމަށެވެ. ދިރާގުން އަބަދުވެސް އިސްކަންދެނީ ދުވުން ތެރިންނާއި މުޖްތަމައުގެ ދުޅަހެޔޮ ސިއްހަތާއި، ސަލާމަތާއި ރައްކާތެރިކަން ކަމަށް ބުނެ އެވެ.

ދިރާގުން ދަނީ ކޯވިޑް-19 އާއި ގުޅިގެން ގައުމުގެ ޙާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލަމުންނެވެ. އަދި މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށާއި، ދިރާގުގެ މުވައްޒަފުނަށާއި، ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާއި އަދި މުޅި މުޖުތަމަޢަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ އެކުންފުނިން އެދެނީ، ހުރިހާ އެންމެންވެސް މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް، ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް