މިހާރު ރާއްޖޭގައި މި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރިކުރާ ތަންތަން ހުޅުވާފަ ބެހެއްޓޭނެ ގަޑިތައް ނިންމާނީ އެ ރަށެއްގެ އެ ސިޓީއެއްގެ ކައުންސިލުން ކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، މާލެ ސިޓީ (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގައި، ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރަންދާ ފަރާތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ކަނޑައަޅާނީ، އެއިރެއްގެ ޙާލަތަށް ރިޢާޔަތްކޮށް، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ކަމަށެވެ.
ޟަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރާއިރު، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ނެރޭ އެންގުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް