ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ރާއްޖެއަށް 5000 ޓެސްޓް ކިޓް ހަދިޔާކޮށްފި

ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖެއަށް 5000 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިތަކެތި މިހާރު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެ...

22 Apr 2020 | 10:02

ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖެއަށް 5000 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިތަކެތި މިހާރު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީއާއި ހަވާލުކޮށްފައެވެ. ޓެމަސެކުން ރާއްޖެއަށް 5000 ޓެސްޓްކިޓް ހަދިޔާކޮށްފައިވާކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.

ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ރާއްޖެއަށް 5000 ޓެސްޓް ކިޓް ހަދިޔާކޮށްފައިވާއިރު ސިންގަޕޫރުގެ މަހުޖަނަކު މިވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރާއި އެއް ލައްކަ މާސްކުވެސް ހަދިޔާކޮށްފައެވެ.

ޓެމަސެކް ފައުންޑޭޝަނަކީ މީގެ ކުރިންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފައުންޑޭޝަނެކެވެ. އަދި ފެލޯޝިޕްތަކާއި ސްކޮލަޝިޕްތައްވެސް ރާއްޖެއަށް މީގެ ކުރިން ޓެމަސެކް ފައުންޑޭޝަނުން ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް