ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް 19 ދަރަޖައިގެ ކުރި އެރުމެއް

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް19 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ7...

22 Apr 2020 | 09:52

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް19 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ79 ވަނައިގައި އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ98 ވަނައިގަ އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ބޫޓާން ނެގުމަށް ފަހު އިންޑެކްސްގައި ކުރީގައި އޮތީ ރާއްޖެ އެވެ. ބޫޓާން އޮތީ68 ވަނައިގަ އެވެ. އެ އިންޑެކްސްގައި ދެކުނު އޭޝިއާގެ އެހެން ގައުމުތައް އޮތީ މިދިޔަ އަހަރަށްވުރެ ފަހަތުގައި އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑީއާ އޮތީ ލިސްޓުގެ142 ވަނައިގަ އެވެ. ސްރީލަންކާ އޮތީ127 ވަނައިގަ އެވެ.

މިދިޔަ އަހަރުވެސް ރާޢްޖެއިން ވަނީ އެ ލިސްޓުގައި ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. މިދިޔަ އަހަރު ރާއްޖެއިން98 ވަނަ ހޯދި އިރު އޭގ ކުރީއަހަރު އޮތީ120 ވަނަ އިގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް