ރޯދައަށް ހަނދު ސާބިތު ކުރުން މިރޭ އޮންނާނެ!

1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތު އޮންނާނީ މިރޭ8:30 ގައި އެ މ...

22 Apr 2020 | 09:18

1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތު އޮންނާނީ މިރޭ8:30 ގައި އެ މިނިސްޓްރީގައި ކަމަށެވެ. މި ރަސްމިއްޔާތު ހުރިހާ ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ އެވެ.

މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް މިއަދު ހަވީރު 6:00 އިން ރޭގަނޑު 7:30 އާ ހަމައަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައި އެވެ.

ޑީޖޭއޭ އިން ބުނީ، ކޯވިޑް-19 އާ ގުޅިގެން މި ދުވަސްވަރު އޮފީސްތައް ނުހުޅުވިޔަސް، ހަނދު ސާބިތު ކުރަން ހެކިބަސް ދިނުމަށްޓަކައި މާލޭގައި ނަމަ، ޑީޖޭއޭ އަށް ގުޅުމުން އެ އިދާރާ އިން އަންގާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އެވެ. އަދިި އަތޮޅު ތެރޭގައި ނަމަ، މެޖިސްޓްރޭޓް ކޯޓުތަކުން ހަމަޖައްސާ އުސޫލެއްގެ ދަށުން ހެކިބަސް ދެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ ނަމަ، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މައުލޫމާތުތައް ދޭން ޖެހޭނެ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ވީހާ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްލާމީ ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ހަނދު ސާބިތު ރާއްޖެއަށް ހަނދު ނުފެނިއްޖެ ނަމަ އަމަލު ކުރަނީ ފަލަކީ އިލްމާއި އިސްލާމީ ގައުމުތަކުގައި ނިންމާ ގޮތެއްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް