ސިންގަޕޫރުގެ މަހުޖަނަކު ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކޮށްފި

ސިންގަޕޫރުގެ މަހުޖަނެއް ކަމަށްވާ އޮންގް ބެންގް ސެންގް ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާ ކޮށްފިއެވެ. އޭނާ ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 15 ވެންޓިލޭޓަރުގެ އިތުރުން އެއް ލައްކަ ފޭސް މާސްކެވެ. މިތަކެތި މި...

22 Apr 2020 | 08:07

ސިންގަޕޫރުގެ މަހުޖަނެއް ކަމަށްވާ އޮންގް ބެންގް ސެންގް ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާ ކޮށްފިއެވެ.

އޭނާ ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 15 ވެންޓިލޭޓަރުގެ އިތުރުން އެއް ލައްކަ ފޭސް މާސްކެވެ. މިތަކެތި މިހާރުވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނާ ހަވާލުކޮށްފައެވެ. މި މައުލޫމާތު ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.

އޮންގް ބެންގް ސެންގް އަކީ ސިންގަޕޫރަށް ނިސްބަތްވާ ބިލިޔަނަރެކެވެ. އުމުރުން76 އަހަރުގެ މި ބިލިޔަނަރުގެ މިލްކިއްޔާތުގައި2.6 ބިލިޔަން ޑޮލަރު ހުންނާނެ ކަމަށް2017ގައި ހާމަކޮށްފައިވާ ޑާޓާތަކުން ހާމަވެއެވެ.

މިފަދަ ހަދިޔާއެއް ސިންގަޕޫރުގެ މަހުޖަނަކު ކޮށްފައިވާއިރު ޗައިނާގެ އެންމެ މުއްސަނދި މީހާ، ޖެކް މާ ވެސް ވަނީ ރާއްޖެއަށް ޓެސްޓް ކިޓާއި ޕީޕީއީ ހަދިޔާކޮށްފައެވެ. ނަމަވެސް މިތަކެތި އަދި ރާއްޖެއަށް ލިބިފައެއް ނުވެއެވެ.

ކޯވިޑް-19ގެ މި ހާލަތުގައި ވެންޓިލޭޓަރާއި، ޕީޕީއީގެ އިތުރުން ޓެސްޓް ކިޓް ހޯދުމުގެ މަސައްކަތް ސަރުކާރުންވެސް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް