އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ކޮންމެ ދުވަހަކު ބޭނުން ކުރެވޭ ކޯލާއި އިންޓަނެޓް ހިމެނޭ ޑެއިލީ ޑޭޓަ ކޮމްބޯއެއް ތައާރަފް ކޮށްފި އެވެ.
މި ޕެކޭޖުގެ ދަށުން ކޮންމެ ދުވަހަކު ބޭނުން ކުރުމަށް އެއް ޖީބީ ޑޭޓާ އާއި ދުވަހު އެއްކޮށް އުރީދޫ ނަމްބަރުުތަކަށް ހިލޭ ގުޅޭނެ އެވެ. މި ޕެކޭޖުގެ އަގަކީ35 ރުފިޔާ އެވެ.
އަލަށް ތައާރަފު ކުރި މި ޕެކޭޖު އުރީދޫ އެޕް މެދުވެރިކޮށް އަދި 1#*929* އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެއެވެ.
އުރީދޫއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔެ ކުރިމަތިލަމުންދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާދިނުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އޮފާ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބި، ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ހިދުމަތް ބޭނުން ކުރުމުގެ މަގު ފަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގެ ރަމަޟާން މަހާ ކުރިމަތިލާން ދިވެހިން ތައްޔާރުވަމުން ދަނީ އާއިލާއާއި ރައްޓެހިންނާއި ދުރުގައި، ގައިދުރުކަން ދަމަ ހައްޓަމުންކަން އުރީދޫން ފާހަގަ ކުރެ އެވެ. އާއިލީ ގުޅުން އަދި ރައްޓެހިންގެ ހާލު އަހުވާލު ބަލާ ހެދުމަށް މުވާސަލާތީ ހިދުމަތްތަކަށް ބަރޯސާވާން ޖެހިފައިވާއިރު އުރީދޫއިން މި ހާއްސަ އޮފާ ތައާރަފް ކޮށްފައިވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މި ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް