އޭޓީއެމްތަކަށް ޖަމާކުރެވޭ އަދަދު ބީއެމްއެލްއިން އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ. އެގޮތުން ޕާސަނަލް ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް މިހާރު 100،000 އާއި ހަމައަށް ޖަމާކުރެވޭނެއެވެ. ކުރި...

22 Apr 2020 | 06:49

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ.

އެގޮތުން ޕާސަނަލް ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް މިހާރު 100،000 އާއި ހަމައަށް ޖަމާކުރެވޭނެއެވެ. ކުރިން ޖަމާކުރެވޭ އަދަދަކީ 50،000 ރުފިޔާއެވެ. ބިޒްނަސް ކަސްޓަމަރުންނަށް މިހާރު ދުވާލަކު 200،000 އާއި ހަމައަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ކުރިން ކުރެވޭ އަދަދަކީ 100،000 އެވެ.

ކޯވިޑް19ގެ މި ހާލަތުގައި ފައިސާ ބޭނުންކުރުމުގައި އޮންލައިންކޮށް ބޭނުން ކުރުމަށް ސިއްހީ ބޭފުޅުން ލަފާ ދެއްވައެވެ. އަދި ބޭރަށް ނިކުތުން ވީހާވެސް މަދުކޮށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުދިއުމަށްވެސް ސިއްހީ ބޭފުޅުން ލަފާދެއްވައެވެ.

ހިދުމަތްތައް ހޯދާ ލިބިގަތުމުގައި އޮންލައިންކޮށް އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ހިދުމަތްތައް ލިބިގަތުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް