ކޯވިޑް-19ގެ މި ހާލަތުގައި ބަންގްލަދޭޝް އިން ރާއްޖެއަށް ދިން އެހީއާއި ރާއްޖެއިން ހަވާލުވެއްޖެއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެލެއްވިއެވެ.
ބަންގްލަދޭޝް އިން ދިން ހަދިޔާގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން އަދި ފްރަންޓްލައިންގައި އުޅުއްވާ ބޭފުޅުން ބޭނުންކުރައްވާނެ 20 ހާސް ސެޓް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) އަދި އައި ޕްރޮޓެކްޓްޓިވް މާސްކްގެ 960 ސެޓު އަދި ހޭޏްޑް ސެނަޓައިޒާގެ 5000 ޕީސްގެ އިތުރުން ބޭހާއި ކާނާ އާއި ތަރުކާރީ ހިމެނެއެވެ.
https://twitter.com/CDFofMNDF/status/1252829580844392450
މިފަދަ އެހީތެރިކަމެއް ބަންގްލަދޭޝް ސަރުކާރު ފޯރުކޮށްދީފައިވާއިރު ބަންގްލަދޭޝްއިން ވަނީ މެޑިކަލް ޓީމެއްވެސް ރާއްޖެ ފޮނުވަދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް