ކޯވިޑް-19: އިތުރު ދެ ދިވެއްސެއް ޕޮޒިޓިވްވެ މާލެއިން ޕޮޒިޓިވް ވި އަދަދު 66 އަށް

އިތުރު ދެ ދިވެއްސަކު ކޯވިޑް19 އަށް ޕޮޒިޓިވްވެ، މާލެއިން މިހާތަނަށް މި ވައިރަހަށް ޕޮޒިޓިވް ވި އަދަދު 66 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި ކޭސް 85 އަދި ކޭސް86 އަކީ ފްލޫ ކްލިނިކަށް ދެއްކ...

22 Apr 2020 | 05:44

އިތުރު ދެ ދިވެއްސަކު ކޯވިޑް19 އަށް ޕޮޒިޓިވްވެ، މާލެއިން މިހާތަނަށް މި ވައިރަހަށް ޕޮޒިޓިވް ވި އަދަދު 66 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ކޭސް 85 އަދި ކޭސް86 އަކީ ފްލޫ ކްލިނިކަށް ދެއްކި ދެމީހަކު ކަމަށެވެ. ދެއްކީ ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ކަމަށެވެ. ޓެސްޓް ކުރިއިރު ނަތީޖާ ޕޮޒިޓިވް ކަމަށެވެ.

މި ދެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުން އަންނައިރު މި ދެމީހުންނަކީ ކުރިން ޕޮޒިޓިވްވެފައިވާ ބަޔަކާ ކޮންޓެކްޓްވި ބައެއްކަން އަދި އެނގިފައެއް ނުވެއެވެ.

https://twitter.com/HPA_MV/status/1252709742314770434

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް