މިއަދު 149 މީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން މިއަދު 149 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 149 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ...

22 Mar 2021 | 17:37

ރާއްޖެއިން މިއަދު 149 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 149 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 120 މީހަކާއި ރަށްރަށުން ޕޮޒިޓިވް ވި ހަތަރު މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 18 މީހެއްގެ އިތުރުން ތަރައްގީ ކުރަމުން އަންނަ ރަށަކުން ޕޮޒިޓިވް ވެފައިވާ ހަތް މީހެކެވެ.

މި އަދަދުތަކާއެކު، ކޮވިޑުގެ ރާއްޖޭގެ ޖުމްލަ އަދަދު މިވަނީ 22،662 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،447 އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 90 މީހަކަށެވެ. ކޮވިޑުގައި މިހާތަނަށް 66 މީހަކު ރާއްޖެއިން ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް