"ިމިޔަރު މަސްވެރިކަން ކުރަން އުޅުނު ބައެއް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައި ވަނީ މިއަދު 11:30 ހާއިރު އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުން ދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.
އަދި މިކަމާ ގުޅިގެން، އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ވަނީ އެ ދޯނި ލޮކޭޓް ކޮށް، އެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ދޯނި ހުއްޓުވާފައި ވަނީ މާވަރު ފަޅު ކައިރިން 4 މީހަކާއެކު މިޔަރު މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
އަދި މި ދޯނި ބަލައި ފާސްކުރި އިރު ދޯނީގެ ތެރެއިން މިޔަރާ، މިޔަރު އުރަހަ އަދި ލޮނު އަޅާފައ ހުރި މިޔަރު މަސް ފެނިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް