ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މުނިޔާ މަގު ބުލޮކް 3 ގެ މަސައްކަތުގެ ޓާގެޓަކީ މިއަންނަ ހޮނިހިރަށް ނިންމާލުން ކަމަށް އާރްޑީސީ އިން ބުނެއެވެ.
މުނިޔާ މަގު ބުލޮކް 2 ގެ މަސައްކަތް މިހާރު ވަނީ ނިންމާ، އާއްމުންނަށް ހުޅުވާލާފައެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދާ ފުލޫނިޔާ ބުލޮކް 2 ގެ މަސައްކަތް، ލަފާކުރެވޭ ގޮތުގައި މި ހަފްތާ ތެރޭގައި ނިއްމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަމަޖެހިފައި ވެއެވެ.
މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ފަރުމާ ކޮށްފައި ވެއެވެ.
މާލޭ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް އަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް