ފެނުގެ ދުވަހު، ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނާއި ގުރައިދޫ މަރުކަޒުގައިތިބި މީހުންނަށް ތާޒާއިން ފެން ހަދިޔާކޮށްފި

ފެނުގެ ދުވަހު، ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނާއި ގުރައިދޫ މަރުކަޒުގައިތިބި މީހުންނަށް ތާޒާއިން ފެން ހަދިޔާކޮށްފިއެވެ. އައިބީއެމް އިން ބުނީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކު...

22 Mar 2021 | 12:11

ފެނުގެ ދުވަހު، ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނާއި ގުރައިދޫ މަރުކަޒުގައިތިބި މީހުންނަށް ތާޒާއިން ފެން ހަދިޔާކޮށްފިއެވެ.

އައިބީއެމް އިން ބުނީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކުންފުނިން އުފައްދާ ތާޒާ ފެން ދައުލަތުގެ ބެލުމުގެެ ދަށުގައި ތިބޭ ކުދިން ބޭނުން ކުރުމަށް މިއަދު ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ފެން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިބިއެމް އިން ހަދިޔާ ކުރި ފެނާ ހަވާލުވެލެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަނެވެ.

އެ ރަސްމިއްޔާތުގައި އައިބީއެމްގެ އެމްބެސެޑަރުންނާއި އެ ކުންފުނީގެ ޖެނެރަލް މެނެޖަރު އަލީ އާޒިމް އާއި ޗެއާމަން ހަސަން ޝާހު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އައިބީއެމްގެ ދެ އެމްބެސެޑަރުން ކަމަށްވާ އަލީ އަޝްފާޤު (ދަނގަޑޭ) އާއި ނާޝިދާ މުޙައްމަދު (ނާއްކޮ) ބައިވެރި ވެފައި ވެއެވެ.

މި އަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ފެނުގެ އަގު ވަޒަން ކުރުން" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް