އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، އިންފޮމޭޝަން ކޮމިޝަނަރ އިސްތިޢުފާ ހުށަހަޅު...

22 Mar 2021 | 11:10

އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، އިންފޮމޭޝަން ކޮމިޝަނަރ އިސްތިޢުފާ ހުށަހަޅުއްވާފައިވާތީއެވެ.

ރައީސް އޮފީހުގެ އިއުލާނެއްގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2021 މާރިޗް 30 އަދި 31 ވަނަ ދުވަހު ހެނދުނު 9:30 އިން ފެށިގެން 13:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު،www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވުމުންނެވެ.

މިކަމުގައި ފިޔާޒްގެ ކޮމެންޓެއް ލިބިފައިނުވިނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފިޔާޒް އިސްތިއުފާ ދެއްވީ “އަދަދު” ނަމުގައި ނޫހެެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް