ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ، މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ޖަވާބުދާރީ ވުމަށް އިންކާރު ކުރައްވައިފިއެވެ.
މަޖިލިސް މެމްބަރުންނަށް ބޮޑެތި ތުހުމަތު ތަކެއް ކޮށް މަލީހު ވާހަކަ ދައްކާފައި ވަނީ މިނިސްޓަރ ކަމުގެ މަގާމުން ވަކި ކުރުމަށް ވޯޓު ނެގުނު ދުވަހުއެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން، ވަޒީރުންނަށް ބިރު ދައްކަވާ ކަމަށް މަލީހު ވިދާޅުވެފައި ވެއެވެ.
" ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުންތަކެއް، ސަރުކާރުގެ ވަޒީރުންނަށް ކަނޑައެޅިގެން ބިރު ދައްކަމުން އެބަދޭ " މަލީހް ވިދާޅުވެފައި ވެއެވެ.
މި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ މަލީހަށް މި ސުވާލުތައް އަމާޒުކޮށްފައެވެ.
އެހެންނަމަވެސް މަލީހް ވަނީ އެއަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. މަލީހް ވިދާޅުވީ ތަޅުމުގައި ދައްކާ ވާހަކައަކާއި ގުޅިގެން ކޮމިޓީއަށް ހާޒިރުކޮށްގެން ސުވާލު ނުކުރެވޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއް ކަމަށް މަލީހް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް