މެމްބަރު ޝިޔާމް ކޮވިޑަށް ފައްސި ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. ޝިޔާމް ވިދާޅުވެފައި ވަނީ، ޕޮޒިޓިވްކަން އެނގިވަޑައ...

22 Mar 2021 | 09:06

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ޝިޔާމް ވިދާޅުވެފައި ވަނީ، ޕޮޒިޓިވްކަން އެނގިވަޑައިގެންނެވީ މީގެ ހަތް ދުވަސް ކުރިން ރިސޯޓަކަށް ވަޑައިގަތުމަށް ނެންގެވި ސާމްޕަލަކުން ކަމަށެވެ. ނަމަވެސް ސާމްޕަލް ނެންގެވި އިރު ވެސް އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އަދި މިހާރު ވެސް އެއްވެސް އަލާމާތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އޭނާ މިވަގުތު ހުންނެވީ ގޭގައި އަމިއްލައަށް ކަރަންޓީނު ވެވަޑައިގެން ކަމަށެވެ.

މި މަހުގެ ކުރީކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް