ކާޑާއި ބޭހުގެ ބާވަތްތައް ގެނައުމަށް އެސްޓީއޯއަށް ސަރުކާރުން ގެރެންޓީ ދީފި

ކާޑާއި ބޭހުގެ ބާވަތްތައް ރައްޖެއަށް ބޭނުންވާ ވަރަށް ގެނައުމަށް އެސްޓީއޯ އިން ނެގި ލޯނަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފި އެވެ. 25 މިލިއަން ޑޮލަރުގެ މި ލޯނަށް ގެރެންޓީ ދީފައި ވަނީ މިއަހަރުގެ ޖެނުއަ...

22 Mar 2021 | 08:44

ކާޑާއި ބޭހުގެ ބާވަތްތައް ރައްޖެއަށް ބޭނުންވާ ވަރަށް ގެނައުމަށް އެސްޓީއޯ އިން ނެގި ލޯނަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފި އެވެ.

25 މިލިއަން ޑޮލަރުގެ މި ލޯނަށް ގެރެންޓީ ދީފައި ވަނީ މިއަހަރުގެ ޖެނުއަރީ31 ވަނަ ދުވަހުއެވެ. ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ލޯން ނަގާފައި ވަނީ ހިންގްކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަނުންނެވެ.

މި ނޫން ވެސް އެސްޓީއޯގެ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފައި ވެއެވެ.

އެއީ  ބޭހާއި ކާބޯތަކެތި ހޯދުމަށް ނެގި 15 މިލިއަން ޑޮލަރުގެ ލޯނަކަށާއި ގޭހާއި ތެޔޮ ގަތުމަށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނަކަށެވެ. މި ދެ ލޯނު ވެސް ނަގާފަިއ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.

މި ސަރުކާރުގެ ވެރިކަމުގައި ވަނީ މިހާތަނަށް ފަސް ލޯނަކަށް ގެރެންޓީ ދީފައެވެ.

މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކާޑު ސަބްސިޑީ އަށް 365 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި 86 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް