ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓު (ވީޓީޔޫ) ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
އަހަރުގެ ޕްރޮގްރާމް ހާއްސަ ކޮށްފައިވަނީ ބޭސިކް ކޮމްޕިއުޓާ ސްކިލް ދަސްކޮށްދިނުމަށް މި އަހަރުގެ ޕްރޮގްރާމް ހާއްސަ ކޮށްފައި ވާއިރު، މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ހަ ކުދިން ބައިވެރިވެފައިވެއެވެ.
މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް މައިކްރޮސޮފްޓުގެ އެޕްލިކޭޝަންތައް ދަސްކޮށްދީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓާ ބަލަހައްޓާނެ ގޮތް ދަސްކޮށްދޭނެ ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ.
މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރި ވެފައިވާ ކުދިންގެ ތެރޭގައި "ޑައުންސިންޑްރޯމް" ހުންނަ ކުދިން ހިމެނޭ ކަމަށް ދިރާގުން ބުންނެވެ.
އަދި އިތުރު ކުދިން މިއަހަރު ބައިވެރި ކުރުވުމަށް ކެއާ ސޮސައިޓީން މަސައްކަތް ކުރަމުން އަންނަކަން ދިރާގުން ވަނީ ފާހަގަ ކޮށްފައެވެ.
ދުނިޔޭގެ "ޑައުންސިންޑްރޯމް" ދުވަހާއި ގުޅިގެން ބޭއްވި އޮންލައިން ބައްދަލުވުމުގައި ދިރާގުގެ ކޯޕަރޭޓް ސާވިސަސްގެ ޑިރެކްޓަރު އާތިފާ އަލީ އަދި ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ ނައުޝަން މުހައިމިންވެސް ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި އާތިފާ ވިދާޅުވީ، ވީޓީޔޫ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު ހުނަރުތަކާއި ކޮމްޕިއުޓާ ސްކިލް ދަސްކޮށްދޭތީ ކަމަށާއި ކުރިއަށް އޮތްތާނުގައިވެސް އެ ޕްރޮގްރާމަށް ދިރާގުގެ ފަރާތުން އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
ދިރާގުން މިއަހަރުގެ ވީޓީޔޫ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވީޓީޔޫ ގާއިމުކުރި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ އެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެހުމާއި ކްރާފްޓާއި ޑިޒައިނިން ފަދަ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް