ސިނޮފާމް އަކީ ވެސް އިންއެކްޓިވޭޓެޑް ވެކްސިންއެއް

ސިނޮފާމް ވެކްސިން މިއަދު ރާއްޖޭގައި ޖަހަން ފަށާއިރު، އެއީ އިންއެކްޓިވޭޓެޑް ވެކްސިނެއް ކަމަށާއި އެ ވެކްސިންގައި ވެސް ދޭނީ ހަމަ 2 ޑޯޒް ކަމަށް ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. އިންއެކްޓިވޭޓެޑް...

22 Mar 2021 | 06:15

ސިނޮފާމް ވެކްސިން މިއަދު ރާއްޖޭގައި ޖަހަން ފަށާއިރު، އެއީ އިންއެކްޓިވޭޓެޑް ވެކްސިނެއް ކަމަށާއި އެ ވެކްސިންގައި ވެސް ދޭނީ ހަމަ 2 ޑޯޒް ކަމަށް ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އިންއެކްޓިވޭޓެޑް ވެކްސިން އަކީ، ވައިރަހަށް ނުވިހޭގޮތަށް ޖެނެޓިކްބައި ހުއްޓުވާލުންް ކަމަށާއި، އެކަމަކު ވައިރަސް ހިމެނޭ ވެކްސިން މަސްގަނޑުގައި އިނީމާ އެއާ އިދިކޮޅަށް ދިފާޢީ ނިޒާމް މަސައްކަތް ކުރަންފަށާނެ ކަމަށް ޑރ. ފައިސަލް ބުނެއެވެ.

https://twitter.com/Faisalnaifaru/status/1373847697480851456

ރާއްޖޭގައި ކުޑަކުދިންނަށް ހަ މަހުން ދޭ އައި.ޕީ.ވީ އަދި ޕެންޓާ ވޭލެންޓުގައި އިންއެކްޓިވޭޓެޑް ވެކްސިން  ވެކްސިން ހިމެނޭ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

ސިނޮފާމްގެ 2 ވަނަޑޯޒް ދޭނީ ފުރަތަމަޑޯޒަށް 3-4 ހަފްތާ ވުމުންނެވެ. އަދި އެ ވެކްސިން ދޭނީ ހަމަ ކޮނޑު މަސްގަނޑަށެވެ. ޑރ ފައިސަލް ބުނާ ގޮތުގައި ކަނާތްތެރިއެއް ނަމަ ވަ އަތަށް ވެކްސިން ޖެހުން ރަނގަޅެވެ.

މި ވެކްސިން ވެސް ދޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި މާބަނޑު މީހުންނަށް މި ވެކްސިން ނުދެވޭނެއެވެ.

ބަލިހާލުބޮޑު މީހުންނާއި ހުން އަހިސްފައިވާ މީހުންގެ އިތުރުން ކޮވިޑުޖެހި 28 ދުވަސް ހަމަނުވާ މީހުން ވެކްސިންޖެހުން މަޑުކޮށްލަން ޖެހޭނެ ކަމަށް ޑރ ފައިސަލް ބުނެއެވެ.

ސިނޯފާމް ވެކްސިން ޗައިނާއިން އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިއީ ބެއިޖިންގް ބަޔޯ-އިންސްޓިޓިއުޓް ޕްރޮޑަކްޓްސް ކޮމްޕެނީ ލިމިޓެޑް އިން ފޭސް3ގައި 4 ދިރާސާއެއް ކޮށްފައިވާ ވެކްސިނެއް ކަމށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މިހާރު 20 ގައުމެއްގައި މި ވެކްސިން ޖަހަމުން އެބަ ގެންދެއެވެ.

މީގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން ދެވަނަ ޑޯޒް އަކަށް ވެސް ޖަހާނީ ކޮވިޝީލްޑް ވެކްސިންއެވެ. އެހެންކަމުން ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ސިނޯފާމް ވެކްސިން ނުޖަހާނެ ކަމަށް ޑރ ފައިސަލް ބުނެއެވެ.

މާލެ ހިމަނައިގެން ހުރިހާ ރަށަކަށްވެސް ކޮވިޑުގެ ބިރު އެބައޮތް ކަމާއި ރައްކާތެރިވާން ވެކްސިން ޖެހުމުގެ އިތުރުން އަތް ދޮވުމާއި ގައިދުރުކުރުމުގެ އިތުރުން ޓެސްޓުގެ ނަތީޖާ ނުލިބެނީސް 'ދުއްވައި ނުގަތުމަށް' ޑރ ފައިސަލް އިލްތިމާސް ކުރެއްވިއެވެ.

ސައިނޯފާމް ކޮވިޝީލްޑާ މާބޮޑު ތަފާތެއްނެތެވެ. އެ ދެ ވެކްސިންގެ ތަފާތަކީ،  2 ޑޯޒް ދެމެދުގެ މުއްދަތެވެ.

" އެންމެ 4 ހަފްތާ. ވެކްސިން ފުޅިއެއްގައި ހުންނާނީ އެންމެ ޑޯޒެއް" ޑރ ފައިސަލް ވިދާޅުވިއެވެ. ނަމަވެސް ހުންއައިސްފައި ނުވަތަ މާ ބަލިނަމަ ވެކްސިން ނުޖަހާނެ ކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މާބަނޑު މީހުންނަށް ވެސް މި ވެކްސިން ނުޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް