ފާއިތުވެދިޔަ ދެ އަހަރު އައްޑޫގެ ތަރައްޤީއަށް 535 މިލިޔަން ރުފިޔާ ޚަރަދުކުރި: ރައީސް

ފާއިތުވެދިޔަ ދެ އަހަރު އައްޑޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން އެކިއެކި މަޝްރޫޢު ތަކަށް 535 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ....

22 Mar 2021 | 05:02

ފާއިތުވެދިޔަ ދެ އަހަރު އައްޑޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން އެކިއެކި މަޝްރޫޢު ތަކަށް 535 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރަށްވެހި ފަތިސް ޕްރޮގްރާމުގައި އައްޑޫ ސިޓީގެ އެކި ދައިރާތަކަށް ކުރިމަތިލައްވާ ކެނޑިޑޭޓުންނާ މުޚާތަބު ކުރައްވަމުންނެވެ.

ފާއިތުވެދިޔަ ދެ އަހަރު އައްޑޫގެ ތަރައްޤީއަށް ކުރެވުނު ޚަރަދަކީ، ސަރުކާރުން މާލެއަށް ކުރި ޚަރަދާ ދާދި އެއްވަރުގެ ހޭދައެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އައްޑޫ ސިޓީގެ ޞިއްޙީ ނިޒާމަށް، ބޮޑުބަދަލެއް ފާއިތުވި ދެ އަހަރު ގެނެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ތަރައްޤީގެ ކުރިއެރުންތައް އައްޑޫއަށް ގެންނާނެ ކަމަށެވެ.

އެގޮތުން އެއާޕޯޓް ބޮޑުކުރުމާއި ކޮމާޝަލް ޕޯޓް ޤާއިމު ކުރުމުގެ އިތުރުނއ ޓުއަރިޒަމްގެ ޒޯނު ތަރައްޤީ ކުރެވެމުން އައްޑޫ ސިޓީގެ އެތައްރައްޔިތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ، ތަރައްޤީގެ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އައްޑޫ ހިތަދޫ ކޯޓް ކޮމްޕްލެކްސް ޑިޒައިންކުރުމަށް މިހާރު ހަވާލުކުރެވިފައިވާކަމަށެވެ. އަދި އުއްމީދަކީ އައްޑޫ ކޮންވެންޝަން ސެންޓަރުފަދަ ރީތި ޑިޒައިނަކަށް އެތަން ޤާއިމްކުރެވުންކަމަށޤ ނަޝީދު ފާހަގަ ކުރެއްވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަކީ މީގެ އެތައްއަހަރެއް ކުރިއްސުރެ ނުކުރެވިފައިވުމުގެ ސަބަބުން މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް