ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެ އިން ކޮވިޑް-19 ވެކްސިން ގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން،  ރާއްޖެ އިން ބޭރަށް ފުރާ ފަރާތްތަކުން ދެވަނަ ޑޯޒް ޖަހަން ނަން ނޯޓް ކުރަން އެޗްޕީއޭއިން އެދިފިއެވެ. ނަން ނޯޓުކޮށް މައުލ...

22 Mar 2021 | 04:29

ރާއްޖެ އިން ކޮވިޑް-19 ވެކްސިން ގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން،  ރާއްޖެ އިން ބޭރަށް ފުރާ ފަރާތްތަކުން ދެވަނަ ޑޯޒް ޖަހަން ނަން ނޯޓް ކުރަން އެޗްޕީއޭއިން އެދިފިއެވެ.

ނަން ނޯޓުކޮށް މައުލޫމާތު ދިނުމަށް ކޮވިޑް-19 ގެ ހޮޓްލައިން 1676 އަށް ގުޅަން އެޗްޕީއޭ އިން އެދެއެވެ. މައުލޫމާތުތައް އީމެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ، ބޭސްފަރުވާއަށް ނުވަތަ ތަޢުލީމު ހާސިލުކުރުމަށް ޤައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 8-12 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތައް (ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފުތާ ހަމަވެފައިވާނަމަ) ވެކްސިން ޖެހުމަށް ނަން ނޯޓް ކުރަން ނުވަތަ މައުލޫމާތުތައް އީމެއިލް ކުރަން އެދޭކަމަށެވެ.

ވެކްސިންޖެހުމަށްޓަކައި ނަން ނޯޓުކުރުމުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާ ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއާއި ތަން އަންގާނެ ކަމަށްް އެޗްޕީއޭ އިން ބުނެއެވެ.

ވެކްސިން ޖަހަންދާއިރު ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑާއި، އައިޑީ ކާޑާއި ދަތުރަށް ފުރާކަން އެނގޭނެ ލިޔުން ނުވަތަ ޓިކެޓާއި ބޭސްފަރުވާއަށް ފުރަން ޖެހޭކަމުގެ ލިޔުމާއި ދަރިވަރެއްނަމަ ޔުނިވަސިޓީގެ ލިޔުމާއި ބޭނުން ކުރަމުންދާ ބޭހެއްނަމަ އެބޭހުގެ މައުލޫމާތު ވެސް ގެންދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެ އިން މިހާތަނަށް ދީފައިވާ 218912 ވެކްސިން އަކީވެސް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އާއްމުކޮށް ޖަހަން ފަށަން ނިންމާފައި ވަނީ އޭޕްރީލް މަހުއެވެ.

ރާއްޖޭގައި ޗައިނާގެ ސައިނޯފާމްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް