ސެރިއޭ: ބެނެވެންޓޯ އަތުން ޔުވެންޓަސް ބަލިވެއްޖެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބެނެވެންޓޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިވެއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ބެނެވެންޓޯ އާއި ވާދަކޮށް ޔުވެންޓަސް ބ...

22 Mar 2021 | 03:35

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބެނެވެންޓޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ބެނެވެންޓޯ އާއި ވާދަކޮށް ޔުވެންޓަސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމާލައުފެއްދީވެސް ޔުވެންޓަސްއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މީގެ އިތުރުން ބެނެވެންޓޯގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި، ރެފުރީ ވަނީ ޔުވެންޓަސްއަށް ޕެނަލްޓީއެއް އެއްވެސް ދޭން ނިންމާފައެވެ. ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، ރެފުރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި ބެނެވެންޓޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ޔުވެންޓަސްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑޮލްފޯ ގައިޗެވެ.

މި ލަނޑާއި އެކު ނަތީޖާ ބަދަލުކުރުމަށް ޔުވެންޓަސްއިން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބެނެވެންޓޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެނެވެންޓޯގެ ގޯލްކީޕަރު ލޮރެންޒޯ މޮންޓިޕޯއެވެ. އަލްވާރޯ މޮރާޓާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

ރޭގެ މެޗުން ބަލިވުމާއި ގުޅިގެން ލީގު ހޯދުމަށް ޔުވެސްޓަސްއިން ކިރަމުން އައި މަސައްކަތައް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ރޭގެ މި ނަތީޖާއާއި އެކު ޔުވެންޓަސް މިވަގުތު އޮތީ 55 ޕޮއިންޓާއި އެކު ލީގުގެ ތިންވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް