އަދާރަން ހުދުރަންފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެއްސަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެމީހާ ޓެސްޓު ކުރަނީ ބަލީގެ އަލާމާތްތައް ގައިން ފެންނަމުންދާތީ ކަމަށެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އޮތީ ރިސޯޓު މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އައިލެންޑް ސަފާރީ އާއި މި ރިސޯޓެވެ. އައިލެންޑް ސަފާރީ މޮނިޓަރިންގައި އޮތީ އޭގައި ދެ ފަޅުވެރިއަކު ކަރަންޓީން ކޮށްފައި ތިބުމުންނެވެ.
އެ ސަފާރީ އޮތީ ވިލިވަރު ކައިރީގައި އެވެ.
މިހާތަނަށް ރާއްޖެއިން13 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް