ފެލައިނީއާ ބައްދަލުވި އެންމެން އަވަހަށް އެޗްޕީއޭއަށް އަންގާ!

ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ބައްދަލުވި ހުރިހާ އެންމެން ވީ އެންމެ އަވަހަކަށް އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެންގުމެއް އެދިއްޖެ އެވެ. ނޫސްވެރިންނާ ބައްދަ...

22 Mar 2020 | 17:13

ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ބައްދަލުވި ހުރިހާ އެންމެން ވީ އެންމެ އަވަހަކަށް އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެންގުމެއް އެދިއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ކޯވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ފެލައިނީއާ ބައްދަލުވި އެންމެން އަވަހަށް އެޗްޕީއޭއަށް ގުޅުމަށް އެދޭ ކަމަށެވެ.

ފެލައިނީއާ ބައްދަލުވި ބައެއް މީހުން އެކަން ނާންގާ އެބަ ތިބި ކަމަށާއި، ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެމީހުން ފާހަގަވުމުގެ ކުރިން އަމިއްލައަށް ރިޕޯޓުކުރުން މުހިއްމު ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފެލައިނީއާ ބައްދަލުވި ދެ މީހަކު މާލޭގައި އެބަ ތިބި ކަމަށާއި، އެމީހުންގެ ކިބައިން އަލާމާތްތައް ފެންނާތީ ވެލިދޫއަށް ގެންގޮސް، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދަނީ މާލެ އާއި ފެލައިނީ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރާފައި ވަނީ މި މަހުގެ 12 ގައެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހުކުރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް