ކޯވިޑަށް ޕޮޒިޓިވް ވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވި ދެ ދިވެއްސަކު ޓެސްޓް ކުރަނީ

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދެ ދިވެއްސަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފިއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އ...

22 Mar 2020 | 15:57

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދެ ދިވެއްސަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ދެ ދިވެހިން ޓެސްޓް ކުރަނީ އެ ދެ ދިވެހިންގެ ގައިން ކޯވިޑަށް ޝައްކު ކުރެވޭ އަލާމާތް ފެނުމުން ކަމަށެވެ.

މީގެ އިތުރު އެ ދެ ދިވެހިންގެ ސާމްޕަލް މިހާރު ނަގާފައިވާކަމަށާއި މި ދެ ދިވެހިން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ތިން މީހަކު މިހާރުވަނީ ރަނގަޅުވެފައެވެ. ކޯވިޑުން ސަލާމަތްވުމަށް ސަރުކާރުން އަންނަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް