ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ. ނ، ރ، ބ، އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދުން މި މައްސަލަ ފުލުހުންނަށް ރިޕޯ...

22 Mar 2020 | 15:41

ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ނ، ރ، ބ، އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދުން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަމަ މިއަދު އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން މި ފަދަ މައްސަލަތަކުގައި ކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް