އަނަންތަރާ ދިގު އަނެއްކާވެސް މޮނިޓަރިންނަށް، ތިން މީހަކު ޓެސްޓު ކުރަނީ

އަނަންތަރާ ދިގު ރިސޯޓުން އަނެއްކާވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ބަޔަކު ފެނިގެން ޓެސްޓު ކުރަން ނިންމައިފި އެވެ. އެޗްޕީއޭއިން ބުނީ މިފަހަރު ޝައްކު ކުރެވިގެން ޓެސްޓު ކުރަނީ ދެ ދިވެހިންނާއި ބިދޭސީއެ...

22 Mar 2020 | 14:41

އަނަންތަރާ ދިގު ރިސޯޓުން އަނެއްކާވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ބަޔަކު ފެނިގެން ޓެސްޓު ކުރަން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ މިފަހަރު ޝައްކު ކުރެވިގެން ޓެސްޓު ކުރަނީ ދެ ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ. ބިދޭސީ މީހާ އަކީ ޓޫރިސްޓެއް ކަމެއް ނުވަތަ މުވައްޒަފެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެހެންވެ މި ތިން މީހުންގެ ނަތީޖާ ލިބެންދެން އެ ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

މީގެ ކުރިން އަނަންތަރާ ދިގު ރިސޯޓުން ވަނީ މި ބައްޔަށް ދެ މީހަކު ޕޮޒިޓިވްވެފަ އެވެ. އެ ދެ މީހުންނާއި ގުޅުންހުރި ދިވެއްސަކު ވެސް މި ބައްޔަށް ޓެސްޓުކޮށްފައިވެ އެވެ. އެކަމަކު އެ މީހާ ވަނީ ބައްޔަށް ނެގެޓިވްވެފަ އެވެ.

މިފަހުން އެޗްޕީއޭއިން ޓެސްޓުކޮށްފައިވަ ހުރިހާ ސާމްޕަލެއް ނެގެޓިވްވެފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ކާގޯ ބޯޓެއްގައި ރާއްޖެ އައި ލަންކާ މީހަކާއި އަދާރަން ކްލަބް ރަންނާޅިގެ ދިވެއްސަކާއި ސެންޓަރާ ގްރޭންޑް ރިސޯޓުގެ ދިވެއްސެއްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.އަދި ވެލިގަނޑު ރިސޯޓުން ޓެސްޓު ކުރި މީހާވެސް ވަނީ ނެގެޓިވްވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮސިޓިވްވީ13 މީހެކެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް