ގޭގައި ތިބެގެން ބޭންކް އޮފް މޯލްޑިވްސް އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް އެ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރަން ޖެހެނީ އެންމެ ކައިރީގައި ހުންނަ ބީއެމްއެލް ބްރާންޗަކަށް ފޯމު ހުށަހަޅައިގެންނެވެ.
ބީއެމްއެލްއިން ބުނީ އެ ހިދުމަތް ހޯދުމަށް މިހާރު އެ ބޭންކުގެ ވެބްސައިޓުގައިވާ ފޯމު ޑައުންލޯޑު ކުރުމަށްފަހު މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފަހު އެ ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު އީމެއިލް ކުރެވޭނެ ކަމަށެވެ. އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.
ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި އެކައުންޓާއި ކާޑުގެ ބެލެންސް ބެލުން، އެކައުންޓް ސްޓޭޓްމެންޓު ބެލުމާއި ޑައުންލޯޑު ކުރުން، އެހެން މީހުންނާއި އަމިއްލަ ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުން ހިމެނެ އެވެ. އަދި ލުއި ލޯން، ކްރެޑިޓް ކާޑު ހައްދަށް ފޯމު ހުށަހެޅުމުގެ ހިދުމަތް ލިބޭނެ އެވެ.
ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.
މި ހިދުމަތްތަކުގެ ތެރޭގައި އިންޓާނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓް ހިމެނެ އެވެ. ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް