ކޯވިޑް-19: އާއި ގުޅިގެން ގިނަ ގިނައިން އަތް ދޮވުމަށް އާދަ ކުރުމަށް ސިއްހީ މާހިރުން ލަފާދޭތީ އެންމެ ޑިމާންޑު ބޮޑު އެކައްޗަކީ ސެނެޓައިޒާއެވެ.
ބައެއް ގައުމުތަކުގައި ޑީމާންޑާއި އެއްވަރަށް ސެނެޓައިޒާ އުފައްދާ ކުންފުނިތަކަށް ނުއުފެއްދެ އެވެ. ސެނެޓައިޒާއާއި ސާޖިލަކް ފޭސް މާސްކް އަދި އެއްފަހު ބޭނުންކޮށްފައި އެއްލާލާ އަންގި އަކީ މި ދުވަސްވަރު ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގައި ޑިމާންޑު ބޮޑު އެއްޗިއްސެވެ.
އެއްފަހަރާ ގިނަ އަދަދަކަށް މިތަކެތި ގަންނާތީ ބަލި ފެތުރެމުންދާ ގައުމުތަކުގައި ވަނީ ސެނަޓައިޒާ ފަދަ ތަކެތި ގަނޑުކޮށް ނުވިއްކަން ފަށާފައި އެވެ. އެކަމަކު މާބޮޑު ހައްލެއް ނުލިބޭތީ ޑެންމާކުގައި ސެނެޓައިޒާ ވިއްކާ ފިހާރައަކުން މިފަހަރު ހެދީ މާމޮޅު ގޮތެކެވެ.
ސެނެޓައިޒާގެ އެއްފުޅި އެ ފިހާރައިގަ ވިއްކަނީ ދިވެހި ރުފިޔާގެ އަގުން ގާތްގަނޑަކަށް88 ރުފިޔާ (ޑެނިޝް ކްރޯން 40) އަށެވެ. އެކަމަކު އެއް ފުޅިއަށްވުރެ ގިނަ ފުޅި ސެނެޓައިޒާ ގަންނަންޏާ ކޮންމެ ފުޅިއެއް ވަކިން ވިއްކަނީ ދިވެހި ރުފިޔާގެ އަގުން ގާތްގަނޑަކަށް2،205 ރުފިޔާ (ޑެނިޝް ކްރޯން 1،000) އަށެވެ.
އެ ފިހާރައަކީ ޑެންމާކުގައި އެންމެ ރީތި ސުޕާމާކެޓްގެ ގޮތުގައި މަޝްހޫރު ފިހާރައެވެ. އެމީހުން ބުނެފައިވަނީ މަގުސަދަކީ އަބަދު ވިޔަފާރި ކުރުން ނޫންކަމަށާއި އިންސާނިއްޔަތައްޓަކައި މިފަދަ ކަންކަމަކީ އެމީހުން ކުރާނެ ކަންކަން ކަަމަށެވެ.
މި ހަބަރު ޑެންމާކުގައި އިނގިރޭސިބަހުން ހަބަރު ގެނެސްދޭ ނޫސްތަކުގައި ޖެހުމުން ހިޔާލުފާޅުކުރި އެހެން ގައުތަކުގެ މީހުން ވަނީ އެ ގައުމުތަކުގައިވެސް މިއުސޫލުން އަމަލު ކުރަން ފަށަން ފިހާރަތަކުން ވެއްޖެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް