ކޯވިޑް-19 އާއި ގުޅިގެން ބައެއްތަކެތިން އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިން ފީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މާފުކޮށްދެއްވައިފިއެވެ.
ކަސްޓަމްސް އިން ކުރި ޓްވީޓެއްގައި ބުނީ ޑިއުޓީ މާފުކޮށްދީފައިވަނީ ހޭންޑް ސެނިޓައިޒާ، މާސްކު، ފޭސް ޝިލްޑު އަދި އަތް ދޮންނަ ސައިބޯނި ފުޅީގެ އިތުރުން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ބޭނުންކުރާ އަންގި އާއި ތަންތަން ސާފުކުރުމަށް ބޭނުންކުރާ ޑިސްއިންފެކްޓެންޓް އިން ކަމަށެވެ.
މިތަކެތީގެ ޑިއުޓީ މާފުކޮށްދެއްވާފައިވަނީ ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށެވެ. އެހެންކަމުން މި މުއްދަތުގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ މި ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމަވާފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް