މާލޭގައި ހިންގާ ގާޑިޔާތަކުގެ ހިދުމަތް މާލޭ ސިޓީ ކައުންސިލުން މެދުކަނޑާލައިފި އެވެ.
ރޭ12:00 ން ފެށިގެން މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރަން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަންގަވާފައިވެ އެވެ. އެކަމަކު ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށް ނެރެފައިވާ އެންގުމުގައި ބުނެފައިވެ އެވެ.
އެ އެންގުމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނީ ގާޑިއާތަކުންވެސް ދެނީ ޑައިން އިންގެ ހިދުމަތް ކަމަށްވާތީ އެ ތަންތަންވެސް މިހާރު ބަންދުވާނެ ކަމަށެވެ.
މި އެންގުން އަންގާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
https://twitter.com/MaleCitymv/status/1241579156485201920
މާލޭ ސިޓީ ކައުންސިލުން ބުނީ ގާޑިޔާތަކުގެ ހިދުމަތް ދިނުން މެދުކަނޑާލީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެގޮތަށް އެންގީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ގޮސް ތިބެ ކެއުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމަކުން މަނާކޮށްފައިވާތީ ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ މާލޭގައި ހިންގާ ގާޑިޔާތަކުގައި އެ ކައުންސިލުން މިކަމާ ގުޅޭގޮތުން ނެރެފައިވާ އެންގުން ތަތްކޮށްފައި އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގާޑިޔާ ތަކަކީ އެ ކައުންސިލުން ހުއްދަ ހޯދައިގެން ހިންގާ ތަންތަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް