ހުޅުމާލޭގައި އުޅޭ މީހުން އޮންލައިންކޮށް ނޫނީ ގުޅައިގެން ވިޔަފާރި ކުރޭ: އެޗްޑީސީ

ހުޅުމާލޭގައި ދިރިއުޅޭ މީހުން އޮންލައިންގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް ހައުސިން ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އެޗްޓީސީ) އިން އެދިއްޖެ އެވެ. އެޗްޑީސީން ނެރުނު ބަޔާނ...

22 Mar 2020 | 06:15

ހުޅުމާލޭގައި ދިރިއުޅޭ މީހުން އޮންލައިންގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް ހައުސިން ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އެޗްޓީސީ) އިން އެދިއްޖެ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާއިން ރައްކާތެރިވުމުގެ ގޮތުންނާއި، އެބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރާ ގުޅިގެން އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބަސް ހުއްޓިތަކާއި، އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތައް ހިމެނޭ އެއްމެދު އިމާރާތުގެ އާއްމު ސަރަހައްދުތަކާއި، ސިޑީގެ ރެއިލިން ފަދަ ތަންތަން ގަވައިދުން ޑިސްއިންފެކްޓް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

އޭގެ އިތުރުން ހާއްސަ ސަމާލުކަމެއްދީގެން ހުޅުމާލޭ ބީޗް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަން ވެސް ވަނީ އެ ބަޔާނުގައި ފާހަގަކޮށްފަ އެވެ.

އެޗްޑީސީން ވަނީ މި ދަނޑިވަޅުގައި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން އޮންލައިންގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް އެދިފަ އެވެ.

އެހެންކަމުން، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް މިއަދުން ފެށިގެން އެމީހަކު ދިރިއުޅޭ ސަރައްހައްދުގައި ގާއިމު ކުރެވިފައިވާ ފިހާރަތަކާއި، އެ ފިހާރަތަކުގެ މައުލޫމާތު އެ ކޯޕަރޭޝަނުން އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވެބްސައިޓުން ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިހާރަތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް

ފޯރުކޮށްދިނުމަށް ވެސް އެޗްޑީސީން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް