ކަރަންޓީން ފެސިލިޓީގެ ގޮތުގައި 2288 އެނދު ކަނޑައަޅާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ޖުމުލަ 1158 ކޮޓަރި (2288 އެނދު ) ކަނޑައެޅިފައިވާ ކަމަށެވެ.
ކަރަންޓީން ފެސިލިޓީ އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި މިހާތަނަށް ޖުމުލަ 10 ތަނެއް ކަނޑައަޅާފައިވެއެވެ.
އޭގެ ތެރޭގައި ބިޔާދޫ އައިލެންޑް ރިސޯޓް، ހުޅުލޭ އައިލެންޑް ހޮޓެލް، ވެލިދޫ އައިލެންޑް ރިސޯޓް، މަލަހިނި ކުޑަ ބަނޑޮސް، ހޮލިޑޭ އައިލެންޑް، ދިއްގިރި ޓޫރިސްޓް ރެސޯޓް، ފަން އައިލެންޑް ރިސޯޓް، އެނބޫދޫ ވިލެޖް، ރޯޔަލް އައިލެންޑް އަދި ވަރު ބައި އެޓޮމޮސްފިއާ ހިމެނެއެވެ.
https://twitter.com/ali20waheed/status/1241600224662962176
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް