ލ.ގަމު، ތުނޑި އަވަށު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗު34 ގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ، މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 3:54 ގައި ކަމަށެވެ.
އެގޮތުން ފުލުހުން ބުނީ އެ މައުލޫމާތު އެމްއެންޑީއެފް އަށް ހިއްސާކޮށްފައިވާ ކަމަށާއި ފުލުހުން އެ ލޯންޗު ކައިރިއަށް ދިޔައިރު ލޯންޗުގެ ވާއޮތީ ކަނޑާލާފައި ކަމުން ބެލެވެނީ މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށެވެ.
އެމްއެންޑީއެފުން ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްލާފައިވަނީ ފަތިހު ފަހެއް ޖަހާއިރު ކަމަށާއި ނަމަވެސް ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި އިތުރު އެއްވެސް އުޅަނދަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް