ރާއްޖެ އައި ކާގޯ ބޯޓެއްގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ޓެސްޓު ކުރަން ނިންމައިފި އެވެ.
އެޗްޕީއޭއިން ބުނީ އެލިއޯން ކިޔާ އެބޯޓު މިވަގުތު އޮތީ އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީން ކުރެވިފައި ކަމަށެވެ. އެ ބޯޓު ރާއްޖެ އައީ ސްރީލަންކާ މަގުންނެވެ.
ވައިގެ މަގުން އަންނަ ޓޫރިސްޓުން ނޫން ހުރިހާ އެންމެން ކަރަންޓީން ކުރަން އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. އެކަމަކު ކަނޑުމަގުން އަންނަ އުޅަނދުފަހަރުގައި އަންނަ މީހުން ގަވައިދުން ސްކްރީން ކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އަދި ނާޅައެވެ.
މި ބޯޓުގެ އިތުރުން ސިނަމަން ހަކުރާ ހުރާ ރިސޯޓާއި ކްލަބްމެޑް ކަނިފޮނޮޅު އަދި ވެލިގަނޑު އައިލެންޑް ރިސޯޓުން ޝައްކު ކުރެވޭ މީހުން ފެނިގެން ޓެސްޓު ކުރަން ނިންމާފައިވެ އެވެ. މީގެ ތެރެއިން ކްލަބް މެޑުން ޓެސްޓު ކުރަނީ ދެ ދިވެއްސެކެވެ. އަނެއް ދެ ރިސޯޓުން ޓެސްޓު ކުރަނީ ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް