ކޯރޯނާ ވައިރަސް އާއި ގުޅުވައި މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރަ އުނި ކުރާ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީ އާއި ހިއްސާ ކުރުމަށް އަންގައިފި އެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ މިފަދަ މައްސަލަތައް އިކޮނޮމިކް މިނިސްޓްރީގެ "ޖޮބްސެންޓާ ޑޮޓް އެމްވީ" އަށް މެއިލްކޮށްގެން ހުށަހެޅޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ހުށަހަޅާއިރު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އެކަމަކު މިހާރުވެސް ބޮޑެތި އަމިއްލަ ކުންފުނިތަކުން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފަށާފަ އެވެ. އަނެއްބައި ތަންތަނުން ދަނީ ތިން މަސް ދުވަހު ގޭގައި މަޑުކުރަން އަންގަމުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ މައްސަލަތައް އިތުރުވާނެތީ ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކަށް ސާކިއުލާއެއް ފޮނުވާފައި އެވެ އޭގައި ބުނެފައިވަނީ މުވައްޒަފުންނާއި މއެދު އަމަލު ކުރަން ވާނީ ވަޒިފާ އާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އެހެން ނޫންނަމަ އެ ރިސޯޓުތަކަށް ފިޔަވަޅުއަޅާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެޗްއާރުސީއެމްއިންވެސް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް