މިއަދު ހައްޔަރު ކުރި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަދުރޭ ހައްޔަރުކޮށްފައިވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ. ފުލުހުން ވިދާޅުވީ، އަދުރޭ ހައްޔަރު ކޮށްފައި ވަނީ އެޗްޕީއޭ ގައިޑްލައިނާ ޚިލާފަށް އަދުރޭގެ ލީޑަރޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.
ނަމަވެސް މިހާރު އަދުރޭ މިވަނީ ދޫކޮށްލާފައެވެ. އަދުރޭ ދޫކޮށްލީ، މައުލޫމާތު ސާފު ކުރުމަށްފަހުގައި ކަމަށް ފުލުހުން ހާމަކުރެއެވެ. މުޒާހަރާގެ ތެރެއިން މީގެ ކުރިން ވެސް ދެ ފަހަރަކަށް އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް